ކަށިމިޔަރުގެ މަސްވެރިކަމާބެހޭ ދުސްތޫރީ މައްސަލަ : ހައިކޯޓުގެ ރަޖިސްޓްރޭޝަން މަރުހަލާގައި
ހުމައިދާ އަބްދުލްޢަފޫރު އާއި މުހަންމަދު ސީނީން ވ. ދިވެހި ދައުލަތް

ދިވެހިރާއްޖޭގެ ކަށިމިޔަރުގެ މަސްވެރިކަމުގެ ޕްލޭނާއި ޤަވާއިދު ޤާނޫނާއި ޚިލާފުވާތީ ބާތިލްކުރުމަށްއެދި ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ

ހައިކޯޓަށް މައްސަލަ ހުށަހެޅި ތާރީޚު : 9 ޑިސެމްބަރ 2025 🔽

21 ޑިސެމްބަރ 2025

Miveshi press conference

ކަށިމިޔަރުގެ މަސްވެރިކަމާބެހޭ ދުސްތޫރީ މައްސަލަ – މައުލޫމާތު ހިއްސާކުރުން

• ކަށިމިޔަރުގެ މަސްވެރިކަމާބެހޭ ދުސްތޫރީ މައްސަލަ ހައިކޯޓުގެ ރަޖިސްޓްރާރ ބަލައިނުގަތުމަށް ނިންމި ނިންމުމާގުޅިގެން، މި މައްސަލަ އަލުން ބަލައިދިނުމަށްއެދި މިއަދު، 21 ޑިސެމްބަރ 2025 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާނެ. ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ) 51 ވަނަ މާއްދާގައި މިކަން މިގޮތަށް ކުރުމަށް ފަހިކޮށްފައިވޭ.  

• މީގެއިތުރުން މިއަދު މާލޭގައި ބޭއްވުނު މީޑިއާ ބައްދަލުވުމެއްގައި މި މައުލޫމާތު އަދި މައްސަލައިގައި މިހާތަނަށް ކަންހިނގާފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތު ހިއްސާކޮށްފައިވާނެ. 

ކަށިމިޔަރުގެ މައްސަލަ ޙުލާސާ ކަރުދާސް ޑައުންލޯޑް

18 ޑިސެމްބަރ 2025

ހައިކޯޓުގެ ރަޖިސްޓްރާރ ގެ ނިންމުމާބެހޭ

ކަށިމިޔަރު މަސްވެރިކަމާބެހޭ ދުސްތޫރީ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެވެން ނެތް ކަމަށް ބުނެ ހައިކޯޓުގެ ރަޖިސްޓްރާރ ގެ ނިންމުން ފޮނުވުން
ރަޖިސްޓްރާރ ގެ ނިންމުން ނަންބަރު 95-CR/INDIV/2025/407
ނޫސްތަކުން މި ޚަބަރު ރިޕޯޓުކުރުން
މިހާރު
ސަން އޮންލައިން
ޖަވިޔަނި

11 ޑިސެމްބަރ 2025

ނޫސްތަކުން މައްސަލަ ރިޕޯޓުކުރުން

މިހާރު ނޫހާއި ސަން އޮންލައިންގައި މައްސަލަ ކޯޓަށް ލާފައިވާ ކަމުގެ ޚަބަރު ޝާޢިއުކުރުން

މިހާރު
ސަން އޮންލައިން
Atoll Times

09 ޑިސެމްބަރ 2025

ދުސްތޫރީ މައްސަލަ ހައިކޯޓަށް ހުށަހެޅުން

09 ޑިސެމްބަރ 2025
ކަށިމިޔަރު މަސްވެރިކަމާބެހޭ ދުސްތޫރީ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުން


އަދާހަމައިގެ އެންމެފަހުގެ ލިއުމަށް ދިއުމަށް 🔼