ކަށިމިޔަރުގެ މަސްވެރިކަމާބެހޭ ދުސްތޫރީ މައްސަލަ : ހައިކޯޓުގެ ރަޖިސްޓްރޭޝަން މަރުހަލާގައި
ހުމައިދާ އަބްދުލްޢަފޫރު އާއި މުހަންމަދު ސީނީން ވ. ދިވެހި ދައުލަތް

ދިވެހިރާއްޖޭގެ ކަށިމިޔަރުގެ މަސްވެރިކަމުގެ ޕްލޭނާއި ޤަވާއިދު ޤާނޫނާއި ޚިލާފުވާތީ ބާތިލްކުރުމަށްއެދި ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ

ހައިކޯޓަށް މައްސަލަ ހުށަހެޅި ތާރީޚު
9 ޑިސެމްބަރ 2025
🔽

23 އެޕްރިލް 2026

ރަޖިސްޓްރާރ ގެ ނިންމުން އަލުންބެލުމަށް 2 ވަނަފަހަރަށް ހުށަހެޅުން

ކަށިމިޔަރުގެ މަސްވެރިކަމާބެހޭ ދުސްތޫރީ މައްސަލަ، ހައިކޯޓުގެ ރަޖިސްޓްރާރ 2 ވަނަ ފަހަރަށް އަނބުރާ ފޮނުވާލުމުން 2 ވަނަ ފަހަރަށް މައްސަލަ އަލުންބެލުމަށް އެދި މިއަދު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާނެ

މި މައްސަލަ ކޯޓަށް ބަލައިގަތުމަށް ދިމާވަމުންދާ ދަތިތަކާބެހޭ ކަންބޮޑުވުންތައް ފާހަގަކޮށް، ނޫސްބަޔާނެއް މިއަދު މިވެށީގައި ޝާއިއުކުރިން
ނޫސްބަޔާނުގެ ލިންކު

16 އެޕްރިލް 2026

ހައިކޯޓުގެ ރަޖިސްޓްރާރ 2 ވަނަ ފަހަރަށް މައްސަލަ ބަލައިނުގަތުން

ކަށިމިޔަރުގެ މަސްވެރިކަމާބެހޭ ދުސްތޫރީ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެވެން ނެތް ކަމަށް ބުނެ ހައިކޯޓުގެ ރަޖިސްޓްރާރ 2 ވަނަ ފަހަރަށް މައްސަލަ އަނބުރާ ފޮނުވާލުން
ރަޖިސްޓްރާރ ގެ ނިންމުން ނަންބަރު
95-CR/INDIV/2026/244


ނޫސްތަކުން މި ޚަބަރު ރިޕޯޓުކުރުން

ނޫސްތަކުން މި ޚަބަރު ރިޕޯޓުކުރުން
ސަން އޮންލައިން
މިހާރު
ދައުރު ނޫސް

ދި އެޑިޝަން

18 ފެބްރުވަރީ 2026

Gulper Shark Fishery Case

ކަށިމިޔަރުގެ މަސްވެރިކަމާބެހޭ ދުސްތޫރީ މައްސަލަ – ފަނޑިޔާރުންގެ ނިންމުމާއި، އަލުން ހުށަހެޅުން

• ކަށިމިޔަރުގެ މަސްވެރިކަމާބެހޭ ދުސްތޫރީ މައްސަލަ ހައިކޯޓުގެ ރަޖިސްޓްރާރ ބަލައިނުގަތުމަށް ނިންމުމާ ގުޅިގެން، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ) 51 ވަނަ މާއްދާ އާއި ހަވާލާދީ، އެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅީ 21 ޑިސެމްބަރ 2025 ގައި.
• ރަޖިސްޓްރާރ ގެ ނިންމުން އަލުން ބެލުމަށް ހައިކޯޓުގެ ގަވައިދުގެ މާއްދާ 17 (ނ) ގައި ބަޔާންކުރަނީ މި ފަދަ ހާލަތެއްގައި :
“ގޮތެއް ކަނޑައަޅާނީ، އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ.”
ނަމަވެސް މިކަމަށް ވަކި މުއްދަތެއް ކަނޑައެޅިފައި ނެތުމަކީ ކަންބޮޑުވުން އުފެދޭ ކަމެއްކަން ފާހަގަކުރަން.
• ރަޖިސްޓްރާރ ގެ ނިންމުން އަލުން ބެލުމަށް އެދި ހުށަހެޅި ހުށަހެޅުމަށް ހައިކޯޓުން ޖަވާބެއް ލިބުނީ 22 ޖަނަވަރީ 2026 ގައި. މި ޖަވާބުގައި ހައިކޯޓުގެ 3 ފަނޑިޔާރުން އިއްތިފާގުވެ ނިންމަވާފައިވާ ނިންމުމުގައި ރަޖިސްޓްރާރ ގެ ނިންމުން އަލުންބަލާނެ ތަނެއް ނެތްކަމަށް ނިންމަވާފައިވޭ.
މި ނިންމެވުން ނިންމަވާފައިވާ 3 ފަނޑިޔާރުންނަކީ:
1 – ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
2 – ފަނޑިޔާރު ފާތިމަތު ފަރްހީޒާ
3 – ފަނޑިޔާރު އިބްރީހީމް މާހިރު
• ނަމަވެސް 3 ފަނިޑިޔާރުންގެ މި ނިންމުމުގައި ރަޖިސްޓްރާރ ގެ ނިންމުން ނިންމާފައިވާ ނުކުތާތަކަށް ސީދާ ރިއާޔަތްކޮށްފައި ނުވާކަން ފާހަގަކުރެވޭ. އޭގެ ބަދަލުގައި އިތުރު ބައެއް ކަންކަން ފާހަގަ ކުރައްވާފައިވޭ. އޭގެ ތެރޭގައި “އާންމު މަސްލަހަތު” ހިމެނޭ ދުސްތޫރީ މައްސަލަތަކަކީ ހައިކޯޓުގެ އިހުތިސާސްގެ ބޭރުގައިވާ މައްސަލަކަމަށް ފާހަގަކުރައްވާފައިވޭ.
• ފަނޑިޔާރުންގެ މި ނިންމެވުމާއި ގުޅިގެން، 9 ޑިސެމްބަރު 2025 ގައި ހުށަހެޅި މައްސަލަ އިތުރަށް މުރާޖާކުރުމަށްފަހު، 2 ފެބްރުވަރީ 2026 ގައި އަލުން ހައިކޯޓަށް ހުށަހެޅިން.
• އެހެންކަމުން، ދިވެހިރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އަދި އެހެނިހެން ޤާނޫނު ތަކަކާއިވެސް ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ޤަބޫލުކުރެވޭތީ، މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް އަނެއްކާވެސް ހުށަހެޅިފައިވާނެ.
• މި އަދާހަމައިގެ ތާރީޚުގައި މި މައްސަލަ އޮތީ ހައިކޯޓުގެ ރަޖިސްޓްރާރ ގޮތެއްނިންމެވުމުގެ މަރުހަލާގައި.
• މި މައްސަލަ ނިއުޅެމުންދާގޮތް، ކުރިއަށް އޮތްތަނުގައިވެސް މިވެށީ ގައި އަދާހަމަ ކުރެވެމުންދާނެ. 

.

ނޫސްތަކުން މި ޚަބަރު ރިޕޯޓުކުރުން
ރާއްޖެ އެމްވީ
ދައުރު
މިހާރު

21 ޑިސެމްބަރ 2025

Miveshi press conference

މީޑިއާ އާއި މައުލޫމާތު ހިއްސާކުރުން

ކަށިމިޔަރުގެ މަސްވެރިކަމާބެހޭ ދުސްތޫރީ މައްސަލަ ހައިކޯޓުގެ ރަޖިސްޓްރާރ ބަލައިނުގަތުމަށް ނިންމި ނިންމުމާގުޅިގެން، މި މައްސަލަ އަލުން ބަލައިދިނުމަށްއެދި މިއަދު، 21 ޑިސެމްބަރ 2025 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާނެ. ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ) 51 ވަނަ މާއްދާގައި މިކަން މިގޮތަށް ކުރުމަށް ފަހިކޮށްފައިވޭ.

މީގެއިތުރުން މިއަދު މާލޭގައި ބޭއްވުނު މީޑިއާ ބައްދަލުވުމެއްގައި މި މައުލޫމާތު އަދި މައްސަލައިގައި މިހާތަނަށް ކަންހިނގާފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތު ހިއްސާކޮށްފައިވާނެ. 

ކަށިމިޔަރު މަސްވެރިކަމާބެހޭ ދުސްތޫރީ މައްސަލަ – މައުލޫމާތު ކަރުދާސް

18 ޑިސެމްބަރ 2025

ހައިކޯޓުގެ ރަޖިސްޓްރާރ ގެ ނިންމުމާބެހޭ

ކަށިމިޔަރު މަސްވެރިކަމާބެހޭ ދުސްތޫރީ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެވެން ނެތް ކަމަށް ބުނެ ހައިކޯޓުގެ ރަޖިސްޓްރާރ ގެ ނިންމުން ފޮނުވުން
ރަޖިސްޓްރާރ ގެ ނިންމުން ނަންބަރު 95-CR/INDIV/2025/407
ނޫސްތަކުން މި ޚަބަރު ރިޕޯޓުކުރުން
މިހާރު
ސަން އޮންލައިން
ޖަވިޔަނި

11 ޑިސެމްބަރ 2025

ނޫސްތަކުން މައްސަލަ ރިޕޯޓުކުރުން

މިހާރު ނޫހާއި ސަން އޮންލައިންގައި މައްސަލަ ކޯޓަށް ލާފައިވާ ކަމުގެ ޚަބަރު ޝާޢިއުކުރުން

މިހާރު
ސަން އޮންލައިން
Atoll Times

09 ޑިސެމްބަރ 2025

ދުސްތޫރީ މައްސަލަ ހައިކޯޓަށް ހުށަހެޅުން

09 ޑިސެމްބަރ 2025
ކަށިމިޔަރު މަސްވެރިކަމާބެހޭ ދުސްތޫރީ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުން



އަދާހަމައިގެ އެންމެފަހުގެ ލިއުމަށް ދިއުމަށް 🔼