އަލީ ރިފްހާން ވ. ހދ. ވައިކަރަދޫ ރަށުކައުންސިލު

އަލީ ރިފްހާން ވ. ހދ. ވައިކަރަދޫ ރަށުކައުންސިލު 
ޤަޒިއްޔާ ނަންބަރު: 2026-B15C-CIV-27 

03 އޮގަސްޓު 2026 
ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅުން 

  1. ހދ. ވައިކަރަދޫ ރަށުކައުންސިލު މެދުވެރިވެ، އެ ރަށުން ގިނައަދަދެއްގެ ގަސްގަހާގެހި އުފުރައިގެން ރަށުން ބޭރުކުރަމުންދިއުމާއި ގުޅިގެން، އެ ރަށުގެ ރައްޔިތެއް ކަމަށްވާ އަލީ ރިފްހާން އެރަށުގެ ރަށުކޯޓަށް 03 އޮގަސްޓު 2026 (ހޯމަދުވަހު) ވަނީ މަދަނީ މައްސަލައެއް ހުށަހަޅާފައެވެ. 
  1. ރަށުކޯޓަށް ހުށަހެޅި މައްސަލައިގާ އަލީ ރިފްހާންގެ ފަރާތުން ބުނެފައިވަނީ، ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ތިމާވެށި ހިމާޔަތްކުރުމުގެ ހައްޤާއި، ދިރި އުޅޭނެ ސާފު ސިއްހަތަށް ރަނގަޅު ވެއްޓެއް ލިބުމުގެ ހައްޤު ކަށަވަރު ކުރުމަށް ޤާނޫނީގޮތުން ރަށުކައުންސިލަށް މަތިކޮށްފައިވާ ޒިންމާތަށް އަދާކުރުމަށް ރަށުކައުންސިލު ވަނީ އިހްމާލުވެފައި ކަމެވެ. 
  1. މި މައްސަލައިގާ އަލީ ރިފްހާން ގެ ފަރާތުން ކޯޓުން އެދިފައިވަނީ، ރަށު ކައުންސިލު މެދުވެރިވެ ރަށުގެ ގަސްކަރައަށާއި ފަސްގަނޑުގެ ރައުސްމާލަށް ދެމުންދާ ގެއްލުންތަކުން ރަށާއި ރައްޔިތުން ހިމާޔަތްކުރުމަށްޓަކައި، ޤާނޫނީ އިމުގެ ތެރެއަށް ރަށުކައުންސިލުގެ އަމަލުތައް ގެނައުމާއިއެކު، ރަށުކައުންސިލުގެ ޤާނޫނީ ޒިންމާ އެފަރާތުން އުފުލުމަށް ދެމެހެއްޓެނިވި ޤާނޫނީ ފަރުވާއެއް މި މައްސަލައިގާ ކޯޓުން ހޯދުމަށެވެ. 

05 އަދި 06 އޮގަސްޓު 2026 
ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ބަލައިގަތުން 

  1. މި މައްސަލަ ވަނީ 05 އޮގަސްޓު 2026 (ބުދަދުވަހު) ގައި ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުން ބަލައިގެންފައެވެ. އަދި 6 އޮގަސްޓު 2026 (ބުރާސްފަތިދުވަހު) ގައި މައްސަލަ ރައްދުވާ ފަރާތް، ހދ. ވައިކަރަދޫ ރަށުކައުންސިލާއި ވަނީ މައްސަލައިގެ ދައުވާއާއިގުޅޭ ލިޔެކިއުން ހިއްސާކޮށްފައެވެ.