ކ. ވިލިމާލެ ފުނަވަލަށް ގެއްލުން ދިނުން ހުއްޓުވުމާބެހޭ ދުސްތޫރީ މައްސަލަ : ސުޕްރީމް ކޯޓުގެ ރަޖިސްޓްރޭޝަން މަރުހަލާގައި
ހުމައިދާ އަބްދުލްޣަފޫރު އާއި އަހުމަދު އިކްރާމް ވ. ދިވެހި ދައުލަތް


ސުޕްރީމްކޯޓަށް މައްސަލަ ހުށަހެޅި ތާރީޚު
21 އެޕްރިލް 2026
🔽

17 ޖޫން 2026

ފުނަވާ މައްސަލަ – ބަލައިނުގަތުމަށް 12 މެއި 2026 ގައި ސުޕްރީމްކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުން މުރާޖައާކުރަން އެދުމުން، އެ ނިންމުން ބަދަލުކުރަން ނުޖެހޭ ކަމަށް މިއަދު ސުޕްރީމްކޯޓުން އެންގުން

– ފުނަވާ މައްސަލަ ސުޕްރީމްކޯޓުގެ ރަޖިސްޓްރާރ ބަލައިނުގަތުމަށް 12 މެއި 2026 ގައި ނިންމުމުން، 16 މެއި 2026 ގައި ރަޖިސްޓްރާރ ގެ ނިންމުން އަލުން ބެލުމަށް އެދި އެކޯޓަށް ހުށަހެޅުނު.

– އަލުން ބެލުމަށް އެދުނު މައްސަލައިގާ މަސްދުވަސް ފާއިތުވީއިރުވެސް ސުޕްރީމްކޯޓުން ގޮތެއް ނިންމާފައި ނުވާތީ، 16 ޖޫން 2026 ގައި އެކޯޓަށް މިކަމާބެހޭ ކަންބޮޑުވުން ފާހަގަކޮށް ސިޓީއަކުން ދެންނެވުނު

– މިއަދު، 17 ޖޫން 2026 ގައި ސުޕްރީމްކޯޓުން އަންގާފައިވަނީ ރަޖިސްޓްރާރ ގެ ނިންމުން 3 ފަނޑިޔާރުންގެ މަޖިލިހަކުން ބެލުމަށްފަހު، “ރަޖިސްޓްރާރ ގެ ނިންމުން ބިނާކޮށްފައިވާ ސަބަބުތައް ރަނގަޅުނޫން ކަމަށް ބަލަންޖެހޭ ޤާނޫނީ ނުވަތަ ޝަރުއީ ސަބަބެއް ހުށަހެޅިފައި ނުވާތީ” އެ ނިންމުން ބަދަލު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައެޅިކަން.
ރަޖިސްޓްރާރ ގެ ނިންމުން އަލުން މުރާޖައާކުރަން އެދުނު މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ މަޖިލިހުގައި ހިމެނޭ ފަނިޑިޔާރުންނަކީ:
1) ފަނޑިޔާރު އަލްއުސްތާޛާ އާއިޝާ ޝުޖޫން މުހަންމަދު
2) ފަނޑިޔާރު އަލްއުސްތާޛު މުހަންމަދު އިބްރާހިމް
3) ފަނޑިޔާރު އަލްއުސްތާޛު އަލީ ރަޝީދު ހުސައިން

– ރަޖިސްޓްރާރ ގެ ނިންމުން އަލުންބެލުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި، އެ ނިންމުން ރަނގަޅު ނޫންކަމަށް ހުށަހެޅި ޤާނޫނީ އަދި ޝަރުއީ ސަބަބުތައް ތިރީގައި ފާހަގަކުރަން.
1) ރަޖިސްޓްރާރ ގެ ނިންމުން ސުޕްރީމްކޯޓުގެ ގަވާއިދު 2020 ގައިވާ ރަޖިސްޓްރާރ ގެ މަގާމުގެ މަސްއޫލިއްޔަތުން ބޭރުވުން
2) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަލީ ޝާހް ވ. ދައުލަތް (ރައްޔިތުންގެ މަޖިލިސް) (2021) ޤަސިއްޔާ އާއި، ޑރ. މުހަންމަދު ޖަމީލު އަހުމަދު ވ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ (ދިވެހި ދައުލަތް) (2021) ޤަސިއްޔާ ތަތުބީގު ކޮށްފައިވާ ގޮތް ރަނގަޅުނުވުން (މި މައްސަލައަކީ “ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ” މައްސަލައެއް ނޫންކަމަށް ރަޖިސްޓްރާރ ކަނޑައެޅުމުގައި ހުރި ޤާނޫނީ އުނިކަންތައް)

– ފުނަވާ މައްސަލައިގާ ސުޕްރީމްކޯޓުން ރަޖިސްޓްރާރ ގެ ނިންމުން އަލުންބަލާނެ ސަބަބެއް ނެތްކަމަށް ނިންމި ކަމުގައިވީ ނަމަވެސް، ރަޖިސްޓްރާރ ގެ ނިންމުމަކީ އޭނާގެ ޤާނޫނީ މަސްއޫލިއްޔަތުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބެލޭނެ ސަބަބުތައް އެގޮތުގައި ހުރިކަން ފާހަގަކުރަން.

– މި މައްސަލައިގާ ދެން ކުރިއަށްދާނެ ގޮތެއްގެ އަދާހަމަ މިވެށީގައި ވީއެންވެ އަވަސް މުއްދަތެއްގައި ހިއްސާކުރެވޭނެ

18 މެއި 2026

ފުނަވާ މައްސަލަ – ސުޕްރީމްކޯޓުގެ ރަޖިސްޓްރާރ މި މައްސަލަ ބަލައިނުގަތުމުން، މައްސަލަ އަލުންބެލުމަށް އެދި އެކޯޓަށް ހުށަހެޅުން

– ފުނަވާ މައްސަލަ ބަލައިނުގަތުމަށް 12 މެއި 2026 ގައި ސުޕްރީމްކޯޓުގެ ރަޖިސްޓްރާރ ނިންމުމާއި ގުޅިގެން މި މައްސަލަ އަލުންބެލުމަށް އެދި 16 މެއި 2026 ގައި ވާނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި.

– އަލުން ބެލުމަށް މި މައްސަލަ ހުށަހަޅާފައިވާނީ ތިރީގައިވާ 2 ނުކުތާގެ މައްޗަށް ބިނާކޮށް.
1) ރަޖިސްޓްރާރ ގެ ނިންމުން ނިންމާފައިވަނީ ޤާނޫނުގައި ކަނޑައަޅާފައިވާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުން ބޭރުން ކަމަށް ދެކޭތީ
2) ރަޖިސްޓްރާރ ގެ ނިންމުން ނިންމާފައިވަނީ ސުޕްރީމްކޯޓުގެ 2 ޤަޒިއްޔާއަކަށް ރިއާޔަތްކޮށް. ނަމަވެސް އެ 2 ޤަޒިއްޔާ އިންވެސް ސާފުވަނީ މި ހާލަތުގައި ރަޖިސްޓްރާރ ގެ ނިންމުން ނިންމާފައިވަނީ ޤާނޫނުން ކަނޑައަޅާފައިވާ ގޮތާ ފުށުއަރާ ފަދައަކުން، އޭނާގެ މަސައްކަތުގެ މަސްއޫލިއްޔަތުގެ އިމުން ބޭރުން، ޝަރީއަތުގެ މަރުހަލާގައި ނިންމަންޖެހޭ ފަދަ

ނިންމުމެއްކަމަށް ދެކޭތީ

– މި މައްސަލައަކީ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނުކުތާގެ ދަށުން އަވަސް ހައްލެއް ބޭނުންވާ ފަދަ އާންމު މަސްލަހަތާ ގުޅިފައިވާ މައްސަލައަކަށްވީ ހިނދު، ވަގުތު ގެއްލޭގޮތަށް މައްސަލަ ރަޖިސްޓަރީ ކުރުމުގެ އިޖުރާއީ މަރުހަލާ ކޯޓުގައި ކުރިއަށް ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް.

13 މެއި 2026

ފުނަވާ މައްސަލަ – ސުޕްރީމްކޯޓުގެ ރަޖިސްޓްރާރ މައްސަލަ ބަލައިނުގަތުން

– އެޕްރިލް 27 ގައި ދައުވާފޯމު އިސްލާހުކޮށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު، 12 މެއި 2026 ގައި މައްސަލަ ބަލައިނުގަތުމަށް ނިންމާ ސުޕްރީމްކޯޓުގެ ރަޖިސްޓްރާރ ގެ ނިންމުން ހިއްސާކުރި.

– ރަޖިސްޓްރާރ މިގޮތަށް ނިންމި ނިންމުމުގައި ތިރީގައިވާ 2 ގަޒިއްޔާ އަށް ރިއާޔަތްކޮށްފައިވޭ:

1) އަލީ ޝާހު ވ. ދައުލަތް (ރައްޔިތުންގެ މަޖިލިސް) 2021

2) ޑޮކްޓަރު މުހަންމަދު ޖަމީލު އަހުމަދު ވ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ (ދިވެހިދައުލަތް) 2021

މި 2 މައްސަލައަށް ރިއާޔަތްކޮށް ރަޖިސްޓްރާރ ބުނެފައިވަނީ މި މައްސަލަ ބިނާކޮށްފައިވާ ސަބަބުތަކަށް ބަލާއިރު މިއީ “ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއް ކަމުގައި ނުވާތީ” ކަމަށް.

– ރަޖިސްޓްރާރ ގެ މި ނިންމުމަކީ ޤާނޫނީ ގޮތުން އެންމެ ހަރުދަނާ ނިންމުން ކަމުގައި ބެލެން ނެތުމާއިއެކު، ރަޖިސްޓްރާރ ގެ ނިންމުން އަލުންބެލުމަށް ސުޕްރީމްކޯޓަށް ހުށަހެޅުމަށް ދަނީ މަސައްކަތް ކުރެވެމުން.

27 އެޕްރިލް 2026

ދައުވާ ފޯމު އިސްލާހުކޮށް ހުށަހެޅުން

ފުނަވާ މައްސަލައިގެ ދައުވާ ފޯމުގައި ސުޕްރީމްކޯޓުން އަންގާފައިވާ އިސްލާހީ ނުކުތާތަކަށް އިޖާބަދިނުމަށްފަހު، އަލުން ހުށަހެޅުން

23 އެޕްރިލް 2026

ދައުވާ ފޯމު އިސްލާހު ކުރުމަށް ކޯޓުން އެންގުން

ފުނަވާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދައަށް އެދުމާ ގުޅިގެން، ދައުވާ ފޯމުގައިވާ ބައެއްކަންކަން އިސްލާހު ކުރުމަށް އެކޯޓުން އެންގުން

21 އެޕްރިލް 2026

ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުން

ކ.ވިލިނގިލި (ވިލިމާލެ) ގެ ފުނަވާ ގެއްލުމަށް ހުށަހެޅިފައިވާތީ އާންމު މަސްލަހަތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ

މައްސަލައެއް ހުށަހެޅުމުގެ ހުއްދައަށް އެދުން (މީގެ ފަހުން ‘ފުނަވާ މައްސަލަ’)

މިކަމާގުޅޭ ނޫސްބަޔާން (21 އެޕްރިލް 2026)

މި މައްސަލަ ކޯޓަށް ހުށަހެޅި ފަރާތްތަކަކީ ގްރޭޓަރ މާލެ ސަރަހައްދުގެ ދެ ރައްވެހިން ކަމުގައިވާ ހުމައިދާ އަބްދުލްޣަފޫރު އާއި އަހުމަދު އިކްރާމް 

މި މައްސަލަ ރައްދުވާ ފަރާތްތަކަކީ:

1) މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވައިރަމަންޓް އެންޑް އެނަރޖީ

2) އެންވައިރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ

3) މާލެ ސިޓީ ކައުންސިލް

މި މައްސަލަ އުފެދިގެން އަދި ނިއުޅެމުންދާ ގޮތާބެހޭ މައުލޫމާތު ހޯދުމަށް



އަދާހަމައިގެ އެންމެފަހުގެ ލިއުމަށް ދިއުމަށް 🔼